ކ. މާލެ
|
20 އޭޕްރިލް 2025 | އާދީއްތަ 02:51
ވ. ރަކީދޫ / ޖަންބުގެ، ފަރީދާ ޢަބްދުއްރަޙްމާން (35އ)
ވ. ރަކީދޫ / ޖަންބުގެ، ފަރީދާ ޢަބްދުއްރަޙްމާން (35އ)
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ އެއް
މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރުމުން ބުނީ އެތަނަށް ދިޔައީ އާސަންދަ ހޯދަން މީހަކަށް އެހީވާން ކަމަށް
މި މައްސަލައިގައި ދެން ހައްޔަރުކޮށްފައި ވަނީ ސ. މަރަދޫފޭދޫ / ނަސީމީގެ، މުޙައްމަދު ޝާނީޒް (46އ) އާއި މާލެ، މ. ސައިރިއަސް، މުޙައްމަދު ޠިބާޤް (39އ)
ފަރީދާގެ ބަންދުގެ މުއްދަތު އިތުރު 10 ދުވަހަށް ވަނީ އިތުރުކޮށްފަ

މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހަކު އޭނާ ހައްޔަރު ކުރި ތަނަށް ދިޔައީ މީހަކަށް އާސަންދައިން ފަރުވާ ހޯދުމުގެ ކަންކަމުގައި އެހީތެރިވެދިނުމަށް ކަމަށް އޭނާ ބުނެފިއެވެ.

މިފަދައިން ބުނެފައި ވަނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މި މަހުގެ 20 ވަނަ ދުވަހު ހައްޔަރު ކުރި 3 މީހުންގެ ތެރޭގައި ހިމެނޭ ވ. ރަކީދޫ / ޖަންބުގެ، ފަރީދާ ޢަބްދުއްރަޙްމާން (35އ)އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރު 10 ދުވަހަށް ވަނީ އިތުރުކޮށްފައެވެ.

އޭނާ ބުނީ އޭނާ ހައްޔަރުކުރި ތަނަށް އޭނާ ގޮސްފައި ވަނީ މީހަކަށް އާސަންދައިން ފަރުވާ ހޯދަން އެހީވުމަށް ކަމަށެވެ. ނަމަވެސް އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވެއެވެ.

މި އޮޕަރޭޝަނުގައި ބަލާ ފާސްކުރިި އެޕާޓްމެންޓުން މަސްތުވާތަކެތި ކަމަށް ބެލެވޭ، 1.5 ކިލޯ އަށް ވުރެ ގިނަ ތަކެތި ވަނީ ފެނިފައެވެ. މި މައްސަލައިގައި ދެން ހައްޔަރުކޮށްފައި ވަނީ ސ. މަރަދޫފޭދޫ / ނަސީމީގެ، މުޙައްމަދު ޝާނީޒް (46އ) އާއި މާލެ، މ. ސައިރިއަސް، މުޙައްމަދު ޠިބާޤް (39އ)އެވެ.

- ކޮމެންޓް