ކ. މާލެ
|
20 އޭޕްރިލް 2025 | އާދީއްތަ 19:46
ވެކޭޝަންސް އެކްސްޕޯ 2025 ގެ ތެރެއިން
ވެކޭޝަންސް އެކްސްޕޯ 2025 ގެ ތެރެއިން
ދަ އެޑިޝަން
ވެކޭޝަންސް އެކްސްޕޯ 2025
މިއަދަކީ ވެކޭޝަންސް އެކްސްޕޯ 2025 ގެ ފަހު ދުވަސް!
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މި އިވެންޓަކީ ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ މައުލޫމާތަކާއި ހައްލުތައް އެއްތަނަކުން ލިއްބައިދޭ، ދިވެހިންގެ މެދުގައި މަގުބޫލު އިވެންޓެކެވެ.

ޒިޔާރަތްކޮށްލައިގެން ގިނަ އިނާމުތަކެއް ލިބުމުގެ ފުރުސަތު ލިބިގެންދާ ވެކޭޝަންސް އެކްސްޕޯ 2025 މިރޭ ނިމޭނެއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މި އިވެންޓަކީ ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ މައުލޫމާތަކާއި ހައްލުތައް އެއްތަނަކުން ލިއްބައިދޭ، ދިވެހިންގެ މެދުގައި މަގުބޫލު އިވެންޓެކެވެ.

ހައިރައިސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ ވެކޭޝަންސް އެކްސްޕޯގެ މި އަހަރުގެ އިވެންޓަށްވެސް މިހާތަނަށް އެތައް ހާސް ބަޔަކު ޒިޔާރަތްކޮށްފައިވެ އެވެ. މި އަހަރުގެ އެކްސްޕޯގައި 40 އެގްޒިބިޓަރުން ބައިވެރިވެ އެވެ. މިއީ މިހާތަނަށް ކުރިއަށް ގެންދާ ވެކޭޝަންސް އެކްސްޕޯގެ އެންމެ ފުރިހަމަ އެޑިޝަނެވެ.

އެހެން އަހަރުތެކޭ އެއްގޮތަށް މިއަހަރުވެސް، ވެކޭޝަންސް އެކްސްޕޯގައ ބައިވެރިވާ އެގްޒިބިޓަރުން ހާއްސަ ޓްރެވަލް ޕެކޭޖުތައް ހިއްސާކުރުމުގެ އިތުރުން، ރާއްޖޭގެ މަންޒިލްތަކާއި ބޭރުގެ މަންޒިލްތަކަށް ދަތުރުކުރުމާ ގުޅޭގޮތުން ކޮންމެހެން ބޭނުންވާނެ މައުލޫމާތުތައް ދޭނެ އެވެ.

އެކްސްޕޯގައި ބައިވެރިވާ އެގްޒިބިޓަރުންގެ ދާއިރާތައް

  • ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތައް
  • އެއާލައިންތައް
  • ޓްރެވަލް އެޖެންޓުން
  • ސަރުކާރުގެ އިދާރާތައް
  • ބޭރުގެ ގައުމުތަކުގެ އެމްބަސީތައް
  • މޫދު ކުޅިވަރުގެ ވިޔަފާރިތައް
  • ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކުގެ ހޮސްޕިޓަލްތައް

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ވެކޭޝަންސް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އޭސް ޓްރެވެލްސް އެވެ. ކޯ ސްޕޮންސަރުންނަކީ އިނަ މޯލްޑިވްސް، އޭސް އޭވިއޭޝަން ސާވިސަސް، އަދި ވޮޔޭޖެސް މޯލްޑިވްސް އެވެ.

ވެކޭޝަންސް އެކްސްޕޯއަށް އިތުރު ބާރެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ޖަމިއްޔާތަކުން ލިބޭ އެއްބާރުލުމުގެ ސަބަބުންނެވެ. އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)، އަދި ނޭޝަނަލް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވެކޭޝަންސް އެކްސްޕޯ އެންޑޯސް ކުރުމަކީ މި އެކްސްޕޯގެ ހައިބަތު އިތުރުކޮށްދޭ ކަމެކެވެ.

- ކޮމެންޓް