ކ. މާލެ
|
22 އޭޕްރިލް 2025 | އަންގާރަ 10:25
ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު - މަންދީ އާއި އަހުމަދު ސަލީމްގެ މައްޗަށް ޖިނާއީ ތަހުގީގެ ހިންގަން ފުލުހުންނަށް ނާގާ ކަމަށް ވިދާޅުވި
ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު - މަންދީ އާއި އަހުމަދު ސަލީމްގެ މައްޗަށް ޖިނާއީ ތަހުގީގެ ހިންގަން ފުލުހުންނަށް ނާގާ ކަމަށް ވިދާޅުވި
ރާއްޖެއެމްވީ
އޮމްބަޑްސްޕާސަން އޮފީސް
ފުލުހުން ހެދީ ބޮޑު ދޮގެއް, ރައީސްގެ ދަރިކަލުންގެ މައްސަލަ ތަހުގީގު ކުރަން ޗިލްޑްރަންސް އޮމްބަޑްސްޕާސަން އިން ނާންގާ!
ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލެއްގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ ތަހުގީގު ކުރަން ފެށީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގުގެ އޮފީހުން އަންގައިގެންނޫން
އޮފީހުގެ ފަރާތުން ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީގައި، އެ އިދާރާއިން އަމަލުކުރަންވީ ގޮތުގެ އެއްވެސް އިރުޝާދެއް، އަދި މިކަމާ ގުޅިގެން ޖިނާއީ ތަހުގީގެއް ކުރުމަށް އެދިފައެއް ނުވާނެ
އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅިގެން އެ ޕާޓީގެ އިސްސަފުގެ ގިނަ ބަޔަކު ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައިވޭ

އިދިކޮޅު އެމްޑީޕީގެ މެންބަރުން ކަމުގައިވާ މަރިޔަމް ޒުބައިރު (މަންދީ) އާއި އަހުމަދު ސަލީމް (މާޒް ސަލީމް) ގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން ހިންގަމުންދަނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލައެއްގައި ކަމަށް ބުނެ ފުލުހުން ދޮގުހެދިކަން ފަޅާއަރައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލެއްގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ ތަހުގީގު ކުރަން ފެށީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގުގެ އޮފީހުން އަންގައިގެން ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އެކަން ދޮގުކޮށް ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ވަނީ ބަޔާނެއް ނެރެފައެވެ. އެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެ ފަދަ އެއްވެސް މައްސަލައެެއް ތަހުގީގުކުރަން ފުލުހަށް ހުށަހަޅާފައި ނުވާނޭ ކަމަށެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ނެރުނު ބަޔާނުގައި ބުނީ އޮފީހުގެ ފަރާތުން ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީގައި، އެ އިދާރާއިން އަމަލުކުރަންވީ ގޮތުގެ އެއްވެސް އިރުޝާދެއް، އަދި މިކަމާ ގުޅިގެން ޖިނާއީ ތަހުގީގެއް ކުރުމަށް އެދިފައެއް ނުވާނެ ކަމަށެވެ.

އޭގެ ބަދަލުގައި ފުލުހުންނަށް ފޮނުވި ސިޓީގައި އެދިފައި ވާނީ، މުޒާހަރާތަކުގައި ކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު ހާމަ ނުުކުރެވޭނެކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މަންދީ އާއި މާޒް ސަލީމް ބަރަހަނާކޮށްގެން ފޮޓޯ ނަގަން ކޯޓުން އަމުރުކުރި ކަމަށް ބުނެ ބައެއް ނޫސްތަކުގައި ރިޕޯޓުކުރުމާ ގުޅިގެން މިކަން ސާފުކޮށްދެމުން ފުލުހުން ހޯމަ ދުވަހު ހެނދުނު ނެރުނު ބަޔާނެއްގައި ބުނީ އެ ދެ މީހުންގެ ޖިންސީ ގުނަވަނެއްގެ ފޮޓޯ ނުނެގޭނެ ވާހަކަ ކަމަށެވެ. އަދި އެ އަމުރުގެ ދަށުން އެއްވެސް މީހަކު ބަރަހަނާކޮށްގެން ފޮޓޯ ނުނަގާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހަށިގަނޑާއި އަޑުގެ ސާމްޕަލް ނަގަން އެދުނީ، ފުޓޭޖަކުން ނުވަތަ ވީޑިއޯއަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބެލުމަށް ކޮމްޕެރިސަން ހަދަން ނުވަތަ އަޑަކީ ވަކި މީހެއްގެ އަޑުކަން ދެނެގަތުމަށެވެ.

އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދިއަ މުޒާހަރާތަކާއި ގުޅިގެން އެ ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ވަނީ އެކިފަހަރުމަތިން ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.

މި މައްސަލައިގައި މަރިޔަމް ޒުބައިރުގެ އިތުރުން އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ވަނީ އެކިފަހަރުމަތިން ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.

- ކޮމެންޓް