Advertisement

ދެވަނަ ބުރު އުވާލަން ކުރާ މަސައްކަތަކީ އަޒުލުކުރަން ޖެހޭ ފަދަ އަމަލެއް: ދީދީ

ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ

‏ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ނުބާއްވަން ކުރާ މަސައްކަތަކީ ގާނޫނުއަސާސީގައިވާ ދީމިގުރާތީ ނިޒާމާއި ހިލާފު ޢައިރު ދުސްތޫރީ އަމަލެއް ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ދީދީ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނުބާއްވާ ގޮތަށް ހަމަޖެއްސުމަށް ރައީސް މުއިއްޒު ވިސްނުން ގެންގުޅުއްވާކަން ވަނީ ހާމަ ކުރައްވާފަ އެވެ. އަދި އެކަމާ ގުޅޭގޮތުން ޕީއެންސީގެ ޕީޖީއާ ރައީސް މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް އަޑުފެތުރިފައިވެ އެވެ.

Advertisement

ނަމަވެސް ސަރުކާރުގެ ހަގީގީ ވިސްނުން މި މައްސަލާގައި އަދި ހާމައެއް ނުކުރެ އެވެ.

ދެވަނަ ބުރު އުވާލަން ޕީއެންސީގެ ޕީޖީގެ ތާއީދަށް ރައީސް މުއިއްޒު އެދިވަޑައިގެން ކަމަށް ބުނާ ވާހަތަކާއި ގުޅިގެން ދީދީ ވިދާޅުވީ ފުރަތަމަ ބުރުގައި އިންތިހާބުގައި ބައިވެރިވެ ވޯޓު ދިން މީހުންގެ 50% + 1 ވޯޓު، ނުވަތަ ވޯޓު ދިން މީހުންގެ މުޠްލަގު މެޖޯރިޓީ އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ނުވާ ހާލަތުގައި، އިންތިހާބުގެ ދެ ވަނަ ބުރެއް ނުބާއްވައި ސިމްޕަލް މެޖޯރިޓީ ލިބިގެން ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމަށް ހޮވެން މަގު ފަހިކުރުމަކީ، ކަނޑައެޅިގެން ގާނޫނުއަސާސީގައި އިސްތިގުރާރުވެފައިވާ އަސާސީ މަބްދައެއް ކަމަށްވާ ދީމިގުރާތީ ނިޒާމާއި ހިލާފު ޢައިރު ދުސްތޫރީ އަމަލެއްކަމާ މެދު އެއްވެސް ޚިލާފެއް ނެތް ކަމަަށެވެ.

އަދި އެފަދަ ޢައިރުދުސްތޫރީ އަމަލަކަށް އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ފާޅުގައި ގޮވާލުމަކީ “ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތަން” ރައީސުލްޖުމްހޫރިއްޔާ ކޮށްގެން ހުރި ހުވަޔާއި ހިލާފުވުމެއް ކަމަށެވެ.

“އެއީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢަޒްލުކުރަންޖެހޭފަދަ އަމަލެކެވެ،” ދީދީ ވިދާޅުވި އެވެ.

Advertisement

ކޮމެންޓް
އަހުދުނާމާ
އެވާލަނީކީ މުއީޒެއް ނޫން ރައްޔިތުންގެ ވޯޓަކުން އުވާލާނީ. އެގޮތައް ރައްޔިތުން ބުރަވަންޔާ އެއީ މައްސަލައެއް ނޫން މައްސަލައަކީ ބައި އަޅައިގެން އައިސް ސަރުކާރު ބަޖެޓް ހުސްކޮއްލުން ނޫނީ ދަރަނި ކޮއްލުން
18 Apr 2025

Advertisement

Advertisement