Advertisement

ޤައުމުގެ އިސްވެރިންނަށް ނިރުބަވެރި ހަމަލާތައް ދެވުނީ، އަސްކަރިއްޔާއަށް އިހުމާލުވުމުން: ޣައްސާން

ވަޒީރު މުޙައްމަދު ޣައްސާން މައުމޫން، ރޭގެ ޖަލްސާގައި.. ފޮޓޯ: ރައީސް އޮފީސް

ފާއިތުވެދިޔަ ތަނުގައި ޤައުމުގެ އިސްވެރިންނަށް ނިރުބަވެރި ހަމަލާތައް ދެވުނީ، އަސްކަރިއްޔާއަށް ވެފައިއޮތް އިހުމާލުގެ ސަބަބުންކަމަށް  ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ 133 ވަނަ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން އަދުގެ ސަރުކާރުގެ ދިފާއީ ވަޒީރު ޢައްސާން ވިދާޅުވީ، ދިވެހިރާއްޖެއަކީ ލެއާއި ފުރާނައިން ގުރުބާންވެ، މިނިވަންކަން ހިމާޔަތްކުރުމުގެ ފަހުރުވެރި ތާރީހެއް އޮތް ޤައުމެއްކަމަށާއި، އެހެން ނަމަވެސް ދިވެހިންނަކީ އެއްވެސް ޒަމާނެއްގައި އިސްވެ އެއްވެސް ބަޔަކާ ހަނގުރާމަކުރި އަދި ކުރާނެ ބައެއްވެސް ނޫންކަމަށެވެ. އަދި މިއީ އަދުގެ ސަރުކާރުގެ ވެސް ސިޔާސަތުކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ޢައްސާން ވަނީ ވޭތުވެދިޔަ 15 އހަަރު ދިވެހި އަސްކަރިއްޔާއަށް ވަރަށްބޮޑަށް އިހުމާލުވެފައިވާކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ. މިގޮތުން މިކަމުގެ ސަބަބުން ދިވެހި ފަސްގަނޑުން ހަރަކާތްތަކެއް ފެށިފައިވާކަމަށާއި، އެގޮތުން ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާަތާއި އިސްތިގުލާލަށް އަސަރުކުރާފަދަ ނުރައްކާތެރި ނިރުބަވެރި ހަމަލާތައް ޤައުމުގެ އިސްވެރިންނަށް ފަސޭހަކަމާއެކު ދީފައިވަނީ އަސްކަރިއްޔާއަށް ވެފައިވާ އިހުމާލުގެ ސަބަބުންކަމަށް ވަޒީރު ވިދާޅުވިއެވެ.

Advertisement

ވަޒީރު ޢައްސާން އެފަދަ މޭރުމަކުން ވާހަކަދެއްކެވިއިރު، 2021 ވަނަ އަހަރު ކުރީގެ ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅުކައިރިން ވަނީ އެމަނިކުފާނަށް އަމާޒުކޮށް ނިރުބަވެރި ހަމަލާއެއްދީފައެވެ. މި ހަމަލާގައި ރައީސް ނަޝީދު ވަރަށްބޮޑަށް ޒަހަމްވެ ވަޑައިގެންނެވިއިރު، ޖަރުމަނުވިލާތުންވެސް އެމަނިކުފާނަށް ފަރުވާދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ދިފާއީ ވަޒީރު ވިދާޅުވީ ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ޤައުމުގެ އަސްކަރިއްޔާގެ ޤާބިލުކަން އިތުރު ކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވައިގެ ސިފައިން އުފައްދަވައި، ޒަމާނީ ވަސީލަތްތައް ހޯއްދަވައިދެއްވާފައިވާކަން ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ކޮންމެ ޤައުމަކުންވެސް މަސައްކަތްކުރާނޭ ހަމައެކަނި އިޤްތިސާދީ ނަޒަރިއްޔާތަކުން ވިސްނާލިނަމަވެސް، މިނިވަންކަމާއި ޤައުމުގެ އަމާންކަން ކަށަވަރުވުމަކީ އިންވެސްޓަރުންގެ ކޮންފިޑެންސް ނުވަތަ ޔަގީންކަން ކަށަވަރުކޮށްދޭ އެއް ހަޤީޤަތްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް
އިއްބެ
ކުށްބަހެއްގެއިސްލާަހު އަސްކަރިއްޔާއަށްއިހުމާލުވުމުން ރަނގަޅުގޮތްޢަސްކަރިއްޔާ އިހުމާލުވުމުން
22 Apr 2025

Advertisement

Advertisement