Advertisement

މި ދައުރު ތެރޭގައި ޑީއެންއާރްގެ ޑާޓާބޭސް ކޮމްޕްރޮމައިޒްވެފައެއް ނޯނާނެ: އިޙްސާން

ވަޒީރު ޢަލީ އިހްސާން މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލަށް ޖަވާބުދެއްވައި: ފޮޓޯ/ މަޖިލިސް

ޑީއެންއާރުގައި ރައްކާކުރެވިފައި ހުންނަ އަމިއްލަ ފަރާތްތަކުގެ މައުލޫމާތު، ލީކުވެ، އޭގެ ނަހަމަ ބޭނުން ސިޔާސީ ފަރާތްތަކާއި ސިޔާސީ ޕާޓީތަކުން ކުރުން ފަދަ ކަމެއް މި ދައުރުގެ ތެރޭގައި ހިނގާފައި ނުވާނެ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ، ޑީއެންއާރުގެ ޑާޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން ވެއްދިކަން ހާމަވެފައިވާ ކަމަށާ، އެހެން ކަމުން މީހުންގެ ޒާތީ މައުލޫމާތު ރައްކާ ކުރުމަށް އަޅާ ފިޔަވަޅު ތަކާއި ބެހޭ ގޮތުން ސުވާލު ކުރައްވާފައެވެ. އަދި، ސައްޙަ ނޫން ފޯމް ތަކުގައި ދާޚިލީ ސަލާމަތާބެހޭ ވުޒާރާގެ މުވައްޒަފުން ސޮއި ކޮށްފައިވާކަން ފާހަގަކޮށް އެ މުވައްޒަފުންނާމެދު އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯވެސް އޭނާ އަހާފައިވެއެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން އިޙްސާން ވިދާޅުވީ، 2014 ވަނަ އަހަރުން ފެށިގެން އަދުގެ ސަރުކާރު ވެރިކަމަށް އައުމާއި ހަމައަށް، ޑީއެންއާރުގެ ޑާޓާބޭސް ލީކުވުމުގެ މައްސަލަ ތަކާއި، އޭގެ ބޭނުން ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ އެކިއެކި ފަރާތްތަކުން ނަހަމަ ގޮތުގައި ކޮށްފައިވާކަން ހާމަވާކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރު އައި ފަހުން އެފަދަ ކަމެއް ނުހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ޑީއެންއާރުގެ ޑާޓާ ބޭސް ބޭނުންކޮށްގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުވެ، އެއްވެސް ޕާޓީއަކަށް ބަޔަކު ވައްދާފައި އޮތް ކަމަކީ އެއްވެސް ދައުލަތުގެ އިދާރާއަކަށް އެސްޓަބްލިޝް ކޮށްފައި އޮތް ފެކްޓްއެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެން ސަރުކާރާ ހަވާލުވެގެން، އަޅުގަނޑުމެން ބެލި ބެލުމުން، އަޅުގަނޑުމެންނަށް ޔަގީންވެ ފެނިފައި އެބަހުރި، 2014 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މިފަދަ ޑާޓާތައް ލީކުވެ، އެކިއެކި ސިޔާސީ ފަރާތްތަކުން، ސިޔާަސީ މަސައްކަތްތަކުގައި ބޭނުން ކުރަމުން އަންނަކަން… އަޅުގަނޑަށް ޔަގީންކަން ދެވޭނީ މި ދައުރުގެ ތެރޭގައި ޑީއެންއާރުގެ ޑާޓާބޭސް އެގޮތަށް ކޮމްޕްރޮމައިޒް ވެފައި ނޯންނާނެކަން

ވަޒީރު ޢަލީ އިހްސާން

ވަޒީރު ވިދާޅުވީ، މި ސަރުކާރު އައިފަހުން، އެކަންކަން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން، ސިސްޓަން ތެރޭގައި އެކްސެސް ލޮގްތަކާއި، އޭގެ އޮޑިޓަރ ލޮގްތައް ހުރިކަން ކަށަވަރުކޮށްފައިވާނެ ކަމަށާ، ފެނެޓްރޭޝަން ޓެސްޓެއް ސިސްޓަމްގައި ހަދައި، ސިސްޓަމް ޕެޗްކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

އޭގެ އިތުރުން، މިހާރު ސިސްޓަމަށް ދެވިފައިވާ އޭޕީއައި ތަކުގައި، ސޮއި އެކުލަވާލައި، އޭޕީއައި އަކުން ލޮގިން ވާއިރު، އެއީ ކޮންތަނަކުން ވީ ލޮގިން އެއްކަން މިހާރު އެނގޭނެ ކަމަށާ، އެ މައުލޫމާތު ތަކަށް އެކްސެސް އޮންނަ އެންމެން އެއަށް އެކްސެސް ވަނީ އެ މުވައްޒަފުންގެ މަސައްކަތަކަށް ރަސްމީގޮތުން ބޭނުންވާ މިންވަރަށް އެކަނިކަންވެސް ކަށަވަރުކުރެވިފައިވާ ކަމަށް އިޙްސާން ވިދާޅުވިއެވެ.

ހަމައެހެންމެ، ”މޯލްޑިވްސް 2.0“ ގެ ނަމުގައި، ރާއްޖޭގެ އީފާސް ޚިދުމަތް މިހާރު ހަރުދަނާ ކުރެވިފައިވާނެ ކަން އިހްސާން ފާހަގަކުރެއްވިއެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement