Advertisement

ސީއެސްސީގެ ނައިބު ރައީސްކަމަށް މުޖުތާޒު އައްޔަންކުރުމުގެ މައްސަލަ ކޮމިޓީއަށް

މުޖުތާޒް، ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސް އައްޔަނުކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް އައްޔަނުކުރެއްވި މުޙައްމަދު މުޖުތާޒު އެ ކޮމިޝަންގެ ނައިބު ރައީސަކަށް އައްޔަނުކުރެއްވުމުގެ މައްސަލަ ދިރާސާކުރަން  މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ސީއެސްސީގެ މެންބަރުކަމަށް މުޖުތާޒު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ. އެފަހުން، މިދިޔަ އާދިއްތަ ދުވަހު އޭނާ އެ މަގާމަށް އައްޔަނުކުރައްވާފައިވާއިރު، ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ އޭނާ އެ ކޮމިޝަންގެ ނައިބު ކަމަށް އައްޔަން ކުރަން މަޖިލީހުގެ ރުހުން ހޯދަން ފޮނުއްވާފައެވެ. 

އަދި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސްގެ ސިޓީފުޅު އިއްވާފައިވާއިރު މައްސަލަ ވަނީ ކޮމިޓީއަށް ފޮނުއްވާފައެވެ. 

Advertisement

މުޖްތާޒަކީ މޯލްޑިވްސްކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

އަދި އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަޤާމުތައް ފުރުއްވާފައެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement