ސަބްސިޑީއަށް ކުރި ހޭދަ, ހަތަރު ބައިކުޅަ އެއް ބަޔަށް ވުރެ ބޮޑުތަނުން މަދުވެއްޖެ!
ދައުލަތުގެ ބަޖެޓުން މި އަހަރު ސަބްސިޑީއަށް ކުރި ހޭދަ، ހަތަރު ބައިކުޅަ އެއް ބަޔަށް ވުރެ ބޮޑުތަނުން މަދުވެއްޖެ އެވެ.
ދައުލަތުގެ މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން، މިހިގާ އޭޕްރިލްމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެކި ފަރާތްތަކަށް ދޭ އެހީ އާއި ސަބްސިޑީގެ ބަޔަށް ހަރަދުވެފައި ވަނީ، ޖުމްލަ 2.79 ބިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ ކަމަށް ހަރަދުވެފައި ވަނީ ޖުމްލަ 2.8 ބިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން ދެން ސަބްސިޑީ އާއި ކައުންސިލްތަކަށެވެ.
- އާސަންދަ: 670.7 މިލިއަން ރުފިޔާ (މިދިޔަ އަހަރު 554 މިލިއަން ރުފިޔާ)
- ސަބްސިޑީ: 986.9 މިލިއަން ރުފިޔާ (މިދިޔަ އަހަރު 1.22 ބިލިއަން ރުފިޔާ)
- ކައުންސިލްތަކަށް: 537.8 މިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އާސަންދައަށް 554 މިލިއަން ރުފިޔާ ހޭދަކުރިއިރު، ސަބްސިޑީގެ ގޮތުގައި 1.22 ބިލިއަން ރުފިޔާ ހޭދަކުރިއެވެ. އަދި ކައުންސިލްތަކަށް 537.8 މިލިއަން ރުފިޔާ ހޭދަކުރިއެވެ.
ސަރުކާރުން ކުރިން ލަފާކޮށްފައިވަނީ ސަބްސިޑީގެ އުސޫލަށް މިއަހަރުގެ ތެރޭގައި ގެނެވޭ ހެޔޮބަދަލުތަކާއެކު، ދައުލަތުގެ ބަޖެޓުން 1.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ. ރާއްޖޭގައި ސަބްސިޑީ ދެމުން އަންނަ އުސޫލަށް ބަދަލުގެނައުމަށް މީގެ ކުރިން އެކިފަހަރުމަތިން، އައިއެމްއެފް/ވަރލްޑް ބޭނުންކުން ވަނީ ރާއްޖެއަށް ލަފާދީފައެވެ. ނަމަވެސް މިހާތަނަށްވެސް އަދި އޮތީ އެކަން ނުކުރެވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists