Advertisement

އިސްރާއީލްގެ ހުރިހާ ގައިދީން ދޫކޮށްލުމަށް ފަލަސްޠީނުގެ ރައީސް ގޮވާލައްވައިފި

ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސް: ފޮޓޯ/ ރޮއިޓާސް

ހަމާސް އިން ހިފަހައްޓާފައިވާ އިސްރާއީލްގެ ހުރިހާ ގައިދީން ވަގުތުން ދޫކޮށްލުމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ގޮވާލައްވައިފިއެވެ.

ފަލަސްޠީނުގެ ވެސްޓް ބޭންކުގައި ބޭއްވުނު ބައްދަލުވުމެއްގައި ރައީސް އައްބާސް ރައީސް އައްބާސް ވިދާޅުވީ ހަމާސް އިން ވަނީ އިސްރާއީލަށް ޣައްޒާއަށް ހަމަލާދިނުމުގެ "ބަހަނާތަކެއް" ދީފައި ކަމަށެވެ. އަދި "ގައިދީން ދޫކޮށްލާ އެކަން ނިންމާލުމަށް“ އޭނާ ވަނީ ހަމާސް އަށް ގޮވާލާފައެވެ. މީގެ އިތުރުން ހަމާސްއިން ހަތިޔާރު ދޫކޮށްލާ ޣައްޒާގެ ކޮންޓްރޯލް ހަވާލުކުރުމަށްވެސް ރައީސް އައްބާސް ގޮވާލެއްވިއެވެ. 

މއާއެކު، "ކުއްތާގެ ދަރިން" ގެ ގޮތުގައި ސިފަކުރުމަށް އަރަބި ބަހުން ބޭނުންކުރާ އިބާރާތަކާ އެކު އައްބާސް ވަނީ ހަމާސް އަށް "ހުތުރު" ކޮށް އިޝާރާތްކުރައްވައިފަ އެވެ.

Advertisement

"’ސޮންސް އޮފް ޑޯގްސް‘ ކަލޭމެންގެ އަތްދަށުގައި ތިބި ބަޔަކު ދޫކޮށްލާފައި އަހަރެމެން މިކަމުން ސަލާމަތްކޮށްދީ" އައްބާސް ވިދާޅުވެފައިވެއެވެ.

މިކަމާއި ގުޅިގެން ހަމާސްގެ އިސް އޮފިޝަލެއް ވަނީ ރައީސް އައްބާސްގެ މި ވާހަކަފުޅު ކުށްވެރިކުރައްވާފައެވެ. އެ އޮފިޝަލް ވިދާޅުވީ ރައީސް އައްބާސް ވަނީ "އަމިއްލަ ރައްޔިތުންގެ ބޮޑު ބައެއްގެ" މައްޗަށް "ނިކަމެތިކޮށް" ވާހަކަ ދައްކަވާފައި ކަމަށެވެ.

މިދިޔަ ހަފްތާގައި ހަމާސްއިން ވަނީ އިސްރާއީލްގެ ހުރިހާ ގައިދީންވެސް ދޫކޮށްލާނީ އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާއްމު ހުއްޓާލާ ޣައްޒާއިން އެކުގައި ފައިބައިގެންދިޔުމުން ކަމަށް ބުނެފައެވެ. އޭގެ ކުރިން ހަތިޔާރު ދޫކޮށްނުލާނެ ކަމަށްވެސް ހަމާސް އިން ބުނެފައުވެއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާއީލްގެ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 116,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement