Advertisement

އަންހެންމީހާ ވެއްޓުނު މައްސަލާގައި ހިމެނޭ އެންމެންގެ ޕާސްޕޯޓް ހިފަހައްޓައި، ވަނަވަރު ހާމަކޮށްފި!

ސީޕީ ޢަލީ ޝުޖާޢު: ފޮޓޯ/ ޕޮލިސް

މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅެއްގެ މައްޗަށް އަންހެނަކު ވެއްޓުނު މައްސަލާގައި ހިމެނޭ، އެންމެންގެ ވަނަވަރު ފުލުހުން އާއްމު ކޮށްފިއެވެ. 

މި މައްސަލައާއި ގުޅިގެން މައުލޫމާތު ދިނުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، އަންހެން މީހާ ފުރާޅު މައްޗަށް ވެއްޓިފައި އޮތް ކަމަށް ހުކުރު ދުވަހު ހެނދުނު ފުލުހުންނަށް ރިޕޯޓް ކުރިީ އާއްމު ފަރާތަކުން ކަމަށެވެ. 

އެއާއެކު އެމްއެންޑީއެފްގެ އެހީއާއެކު އޭނާ ފުރާޅުން ނަގާފައިވާއިރު، އޭނާގެ ވަނަވަރު ހޯދުމަށްފަހު، ވެއްޓުނު ކަމަށް ލަފާކުރެވޭ ގޭގެ ސީސީޓީވީ ފޫޓޭޖް ބެލި ކަމަށާ، އެ ފޫޓޭޖުން އެގޭގައި އަންހެން މީހާއާއެކު އެހެން މީހަކު ހުރިކަންވެސް ފާހަގަވިކަމަށް ވިދާޅުވިއެވެ.  

Advertisement

އެގޮތުން، ބެލި ބެލުމުން އެ ފިރިހެން މީހާއަކީ، ރައުދު އަހުމަދު ޒިލާލު (21 އަހަރު)، ގ. އެރިޔަދޫ، ކ. މާލެ ކަން އެނގުނު ކަމަށާ، އެނގުމާއެކު، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނާއި ޕާސްޕޯޓް ހިފެހެއްޓި ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. 

މީގެ އިތުރުން ރައުދު ހައްޔަރު ކުރުމުގެ އަމުރަކަށް އެދިފައިވާ ކަމަށްވެސް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.

އަންހެން ކުއްޖާ ވެއްޓުނު މައްސަލާގައި ހައްޔަރު ކުރި މީހުން

އަންހެން ކުއްޖާ ވެއްޓުނު މައްސަލާގައި ހައްޔަރުކުރި މީހުން

މި މައްސަލައާ ގުޅޭ މުހިންމު ބައެއް މައުލޫމާތު ނޫސްވެރީންނާއި ހިއްސާކޮށް ހާދިސާގެ ބައެއް މަންޒަރުތައް މިއަދު ފުލުހުން ވަނީ އާއްމުންނަށް ދައްކާލާފައެވެ.

މި ބައްދަލްވުމުގައި ފުލުހުން ފާހަގަކުރި ގޮތުގައި މި ހާދިސާގައި ހިމެނޭ އަންހެން މީހާއާ އޭނާއާއެކު އެ ރޭ އުޅުނު ފިރިހެން މީހާ މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފަ އެވެ. ފިރިހެން މީހާ ޕޮޒިޓިވްވީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސްއަށެވެ. 

އަންހެން މީހާ ވެއްޓުނު ހާދިސާ ހިނގީ އެރޭ ދަންވަރު 4:30 އާއި 5:00 އާ ދެމެދު އެވެ. ފުލުހުން ބުނާ ގޮތުގައި އަންހެން މީހާ ވައްޓާލި ކަމުގެ އެއްވެސް ހެއްކެތް ލިބިފައެއް ނުވެ އެވެ.

އަންހެން މީހާ ފުރާޅު މައްޗަށް ވެއްޓިފައި އޮތްކަން ފުލުހަށް ރިޕޯޓް ކުރީ އާންމުންގެ މީހެކެވެ. އެ ރިޕޯޓް ލިބިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 7:23 ގައެވެ. އެމްއެންޑީއެފްގެ ރެސްކިއު ޓީމުގެ އެހީތެރިކަމާއެކު އަންހެން މީހާ ނެގިއިރު ވެސް ހަރަކާތް ހުރި ކަމަށް ފުލުހުން ބުނެ އެވެ.

އެއީ ކާކުކަން ދެނެގަތީ ފޭސް ރެކޮގްނިޝަން މެދުވެރިކޮށެވެ. ފުލުހަށް ހާދިސާގެ ރިޕޯޓް ލިބުނުތާ 30-45 މިނެޓާ ދެމެދު އެއީ ކާކުކަން ދެނެގެންފައިވެ އެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement