ބާ ކައުންސިލްގެ ފަސް މެންބަރެއްގެ ދައުރު ހަމަވާތީ އަންނަ މަހު އިންތިހާބު ބާއްވަން ނިންމައިފި އެވެ.
ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ބާ ކައުންސިލް ހިންގުމަށް އެކުލަވާލާ އެގްޒެކެޓިވް ކޮމިޓީއަށް ހޮވާ މެންބަރުންގެ ދައުރަކީ ތިން އަހަރެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުގެ ތެރެއިން ފަސް މެންބަރެއްގެ ދައުރު، އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހަށް ހަމަވާނެ އެވެ.
އެހެންކަމުން އެ ފަސް މެންބަރުންގެ ބަދަލުގައި އިންތިހާބު ކުރާ ފަސް މެންބަރުންގެ އިންތިހާބު ބާއްވަން ނިންމާފައި އޮތީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ.
ދައުރު ހަމަވާ މެންބަރުން
- މިޒްނާ އަހްމަދު (ނައިބު ރައީސް)،
- އަހްމަދު މުޢިއްޒު (މެންބަރު)،
- ދީނާ ހުސައިން (މެންބަރު)،
- އިބްރާހީމް ޝަމީލް (މެންބަރު)
- ސާދިހު ނަސީރު (މެންބަރު)
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބުކުރާނީ ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.