ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެދުވަހަށް ސައޫދީއަށް

އިންޑިއާގެ ބޮޑުވަޒީރު ދެ ދުވަހުގެ ރަސްމީ ދަތުރެއްގައި ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ. މިއީ ބޮޑުވަޒީރު މޯދީ އިންޑިއާއަށް ކުރައްވާ ތިންވަނަ ދަތުރެވެ.

މިއީ ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމަށާއި، ވިޔަފާރި އާއި ހަކަތަ އަދި ބައިނަލްއަގްވާމީ ސިޔާސީ މަސްރަހާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް -- ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން -- ބޮޑުވަޒީރު މޯދީއަށް ދެއްވި ދައުވަތެކެވެ.

މޯދީ ދަތުރުކުރެއްވި މަތިންދާބޯޓު ސައޫދީގެ ވައިގެ ސަރަހައްދަށް ވަނުމާ އެކު، ސައޫދީ ޝާހީ ފައިޓަރު ޖެޓުތަކުން ވަނީ ޖިއްދާ އެއާޕޯޓަށް މަގުދެއްކުމުގެ ގޮތުން އެކުގައި ދަތުރުކޮށްފަ އެވެ. މިއީ މޯދީއަށް އިހުތިރާމްކުރުމުގެ ގޮތުން ވައިގެ ތެރޭގައި ކުރި ސަލާމެކެވެ.

އިންޑިއާ އާއި ސައޫދީ އަކީ ޒަމާނުއްސުރެ އެކުވެރި އަދި ބަދަހި ގުޅުމެއް އޮންނަ ދެ ގައުމެވެ. ސައޫދީގެ ޒައާމަތާ ބިން ސަލްމާން ހަވާލުވެވަޑައިގަތް ފަހުން އަދި ވަކިން ޚާއްސަކޮށް ބޮޑުވަޒީރު މޯދީގެ ވެރިކަމުގައި ސައުދީން ގެންގުޅެނީ އިންޑިއާއާ ވަރަށް ގާތް ގުޅުމެކެވެ.

މޯދީއާ ބިން ސަލްމާން އަކީ ވަރަށް ގާތް -- ކޮނޑަށް އަތްލައިގެން މަޝްވަރާކުރައްވާ ދެ ލީޑަރުންނެވެ. ސައޫދީން މޯދީއަށް ކަމޭހިތާ ވަރަށް މޯދީ ވެސް ސައުދީގެ ޝާހީ ޚާންދާނަށް އިހުތިރާމްކުރައްވަ އެވެ.

ބޮޑުވަޒީރު މޯދީގެ މި ދަތުރުގައި މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވާނެ އެވެ. އަދި ރަސްމީ/ ނުރަސްމީ މަޝްވަރާތަކާއި ފަރުދީ ޖޯކުތަކުން ދެ ލީޑަރުން ސަމާސާކުރައްވާނެ އެވެ. ބައްދަލުވުންތަކުގައި ސަމާސާކުރައްވުމަކީ އާންމު ހާލަތްތަކުގައި ވެސް މޯދީގެ މިޒާޖެކެވެ.