ކ. މާލެ
|
20 އޭޕްރިލް 2025 | އާދީއްތަ 03:15
އިސްރާއީލުން ޢައްޒާގައި މަރާލާފައިވާ މީހުން ކައިރީގައި ފަލަސްތީނުގެ ބައެއް އާއްމުން ތިބި މަންޒަރު ފެންނަ ފޮޓޯ އެއް
އިސްރާއީލުން ޢައްޒާގައި މަރާލާފައިވާ މީހުން ކައިރީގައި ފަލަސްތީނުގެ ބައެއް އާއްމުން ތިބި މަންޒަރު ފެންނަ ފޮޓޯ އެއް
އަލްޖަޒީރާ
ޣައްޒާ ހަނގުރާމަ
އިސްރާއީލުން 2 ދުވަހުގެ ތެރޭގައި ޢައްޒާގެ 92 މީހުން ޝަހީދުކޮށްލައިފި
ލައްކައެއްހާ މީހުންނަށް ބަނޑުހައިހޫނުކަމުގެ ނުރައްކާ ކުރިމަތިވެފައިވާއިރު ވަގުތުން ވަގުތަށް ޣައްޒާއަށް މިހާރު ކާނާ ބޭނުން ކަމަށް އދ. އިން ވަނީ ބުނެފަ

އިސްރާއީލުން 2 ދުވަހުގެ ތެރޭގައި ޢައްޒާގެ 92 މީހުން ޝަހީދުކޮށްލައިފި އެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަދުވެގެން 92 މީހުން ޝަހީދުކޮށްފަވެއެވެ. އެގޮތުން އިސްރާއީލުން ޓެންޓުތަކުގައި ތިބި ގެދޮރު ގެއްލިފައިވާ މީހުން މަރާލަމުންދާ ކަމަށް ޢައްޒާގެ ހެލްތް މިނިސްޓްރީ އާއި ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ އިތުރުން ލައްކައެއްހާ މީހުންނަށް ބަނޑުހައިހޫނުކަމުގެ ނުރައްކާ ކުރިމަތިވެފައިވާއިރު ވަގުތުން ވަގުތަށް ޣައްޒާއަށް މިހާރު ކާނާ ބޭނުން ކަމަށް އދ. އިން ވަނީ ބުނެފައެވެ. އަދި އެކަށީގެންވާ ކާނާ ނުލިބިއްޖެ ނަމަ އިތުރު މީހުން ހާލުގައި ޖެހޭނެ ކަމަށް އދ.އިން ވަނީ ބުނެފައެވެ.

އިޒްރޭލުން މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އެހީ ވަންނަ މަގުތައް ބަންދުކުރުމާއެކު އިންސާނީ އެހީގެ ނިޒާމު "މުޅިން ފުނޑުފުނޑުވެފައިވާ" ކަމަށް 12 ޖަމިއްޔާއެއްގެ އިސްވެރިން އިންޒާރު ވަނީ ދީފައެވެ.

އިޒްރޭލުން ވަނީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެ ސަރަހައްދަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅުން ދަމަހައްޓާނެ ކަމަށް ބުނެ، ހަމާސް އަށް އަދިވެސް ރަހީނުން ގޮތުގައި ތިބި 58 މީހުން ދޫކޮށްލަން މަޖުބޫރު ކުރުވަން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށް ބުނެފަ އެވެ.

- ކޮމެންޓް