ކ. މާލެ
|
21 އޭޕްރިލް 2025 | ހޯމަ 13:19
އިސްރާއީލް އިން ދިން ހަމަލާގައި ޝަހީދުވި ޞިއްހީ ޚިދުމްތެރިންގެ ހަށިގަނޑުތައް އުފުލާ މަންޒަރު
އިސްރާއީލް އިން ދިން ހަމަލާގައި ޝަހީދުވި ޞިއްހީ ޚިދުމްތެރިންގެ ހަށިގަނޑުތައް އުފުލާ މަންޒަރު
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ޞިއްޙީ ޚިދުމަތްތެރިން ޝަހީދުކޮށްލުމަކީ ހަނގުރާމައިގެ ކުށެއް: ސިވިލް ޑިފެންސް
އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކުން އެއްކިބާވާން މަސައްކަތްކުރާ ކަމަށް އޭނާ ތުހުމަތުކުރިއެވެ.

އިސްރާއީލުން ޣައްޒާ އަށް ދެމުން އަންނަ ޙަމަލާތަކުގައި، ޞިއްހީ ޚިދުމަތްތެރިން ޝަހީދުކޮށްލުމަކީ ހަނގުރާމައިގެ ކުށެއް ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އިން ބުނެފި އެވެ.

ސިވިލް ޑިފެންސް އިން ބުނެފައިވާ ގޮތުގައި އިސްރާއީލްގެ އަސްކަރިއްޔާ އިން މިދިޔަ މާޗު މަހު 15 ޞިއްޙީ ޚިދުމަތްތެރިން ޝަހީދުކޮށްލާފައިވާއިރު، އެއީ ހަނގުރާމައިގެ ކުށެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން ނެރެފައިވާ ތަހުގީގު ރިޕޯޓު ދޮގު ކުރާ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.

ސިވިލް ޑިފެންސްގެ އޮފިޝަލެއް ކަމަށްވާ މުޙައްމަދު އަލް-މުޣައިރު އޭއެފްޕީއާ ވާހަކަ ދައްކަމުން ބުނެފައި ވަނީ، ޕެރަމެޑިކުންގެ ތެރެއިން އެކަކު ރެކޯޑުކޮށްފައިވާ ވީޑިއޯ އިން އިސްރާއީލްގެ ވާހަކައ ަކީ ދޮގު ވާހަކައެއްކަން ސާބިތުވާ ކަމަށެވެ. 

އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކުން އެއްކިބާވާން މަސައްކަތްކުރާ ކަމަށް އޭނާ ތުހުމަތުކުރި އެވެ. މި ހާދިސާ ހިނގާފައިވަނީ މާޗު 23 ވަނަ ދުވަހު އެވެ. އަދި ޝަހީދުކޮށްލި މީހުންނަކީ ޣައްޒާގެ ދެކުނުގައިވާ ރަފަހް ސިޓީގައި ކުއްލި ހާލަތުގެ ގޮވާލުމަކަށް ގޮވާލުމުން އެހީތެރިވުމަށް ދިޔަ މީހުންނަށެވެ.

ޝަހީދުވި މީހުންގެ ތެރޭގައި ރެޑް ކްރެސެންޓްގެ އަށް މުވައްޒަފުންނާއި، މަދަނީ ދިފާއީ އިދާރާގެ ހަ މުވައްޒަފުންނާއި، ޔޫއެންއާރްޑަބްލިޔޫއޭގެ އެއް މުވައްޒަފު ހިމެނެ އެވެ. 

- ކޮމެންޓް