އުރީދޫ ސްމާޓާ ހޯމް: ސްމާޓް ޑިވައިސްތަކާއި ސީމްލެސް ކަނެކްޓިވިޓީ އާއެކު ސްމާޓާ ހޯމްއެއް

އުރީދޫ މޯލްޑިވްސްގެ ސްމާޓާ ހޯމް އިނީޝިއޭޓިވް: ފޮޓޯ/ އުރީދޫ.

އުރީދޫ މޯލްޑިވްސް އިން ސްމާޓް ޑިވައިސްތައް ސީމްލެސް ބްރޯޑްބޭންޑް ކަނެކްޓިވިޓީގެ ބާރުން އިންޓަގްރޭޓްކޮށް އާންމު ދިރިއުޅުމަށް ބަދަލުގެނައުމުގެ މަގްސަދުގައި ސްމާޓާ ހޯމް އިނީޝިއޭޓިވް އެއް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނެފައިވާ ގޮތުން، ކޮންމެ ސުޕަނެޓް ކަނެކްޝަނަކާ އެކު ކަސްޓަމަރުންނަށް މިހާރު ބަންޑަލްޑް އޮފާއެއްގެ ގޮތުގައި، ސެކިއުރިޓީ ކެމެރާ އާއި ސްމާޓް ޑޯބެލް އަދި ކްލައުޑް ސްޓޯރެޖާއެކު ޒަރޫރީ ސްމާޓް ހޯމް ޑިވައިސްތައް ހިމަނައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގޭބިސީތަކަށް ލުއި ފަސޭހަކަމާއި ސަލާމަތާއި ހިތްހަމަޖެހުން ލިބިގެންދާނެއެވެ. އަދި މިހާރު ސުޕަނެޓް ބޭނުންކުރަމުންދާ ފަރާތްތަކަށްވެސް މި ސްމާޓާ ހޯމް ބަންޑްލް ނެގުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

އަލަށް ތައާރަފްކުރި މި އޮފާއަކީ ކަސްޓަމަރުންނަށް ރިމޯޓްކޮށް ގެތައް މޮނިޓާކޮށް ރައްކާތެރިކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ ސްމާޓް ގެތައް އުފެއްދުމަށް ފަރުމާކޮށްފައިވާ އޮފާއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

Advertisement

އަދި އުރީދޫ ސުޕަނެޓް، އުރީދޫގެ ހައި ސްޕީޑް ބްރޯޑްބޭންޑް އިންޓަނެޓް މެދުވެރިކޮށް ބޭނުންކުރާ މި ޑިވައިސްތަކުގެ ސަބަބުން މެދުކެނޑުމެއް ނެތި ކަނެކްޓިވިޓީ ކަށަވަރުވެ، ގޭގެ ވެރިންނަށް ކޮންމެ ތަނަކުން ވެސް ރިއަލް ޓައިމް އަޕްޑޭޓާއި އެލާޓް ލިބޭނެ ކަމަށްވެސް ބުންޏެވެ.

މި މަސައްކަތުގެ މައިބަދަ ކަމަށްވާ އުރީދޫ ސުޕަނެޓުން އިތުބާރު ހިފޭ ބްރޯޑްބޭންޑް ކަނެކްޓިވިޓީ ފޯރުކޮށްދީ، މި ސްމާޓް ޑިވައިސްތައް މެދުކެނޑުމެއް ނެތި ފަސޭހަކަމާއެކު މަސައްކަތް ކުރުމަށް މަގުފަހިކޮށްދޭ ކަމަށާ، ލައިވް ކެމެރާ ފުޓޭޖް ސްޓްރީމް ކުރިޔަސް ނުވަތަ ޑޯބެލް އެލާޓްލިބުނު ނަމަވެސް ކަސްޓަމަރުންނަށް އެންމެ ރަނގަޅު ޕާފޯމަންސެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ. 

އުރީދޫއިން އިތުރަށް ބުނިގޮތުގައި، އެ ކުންފުނީގެ ސުޕަނެޓަކީ ފުލީ އިންޓަގްރޭޓެޑް ސްމާޓް ހޯމް އެކްސްޕީރިއަންސަކަށް އެންމެ ރަނގަޅު ހައްލަކަށް ވެގެންދާނެ އެވެ.

ސްމާޓާ ހޯމް ބަންޑަލް ސުޕަނެޓު ބޭނުން ކުރާ ފަރާތްތަކާއި، މުޅިން އަލަން ސުޕަނެޓު ނަގާ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށާ ޒަމާނީ ސްމާޓް ޓެކްނޮލޮޖީއާއެކު ގެތައް އަޕްގްރޭޑް ކުރަން ކުރިއަށްވުރެ ފަސޭހަވެގެން ދާނެ ކަން އުރީދޫއިން ފާހަގަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement