Advertisement

ނަބަވީގެ އިމާމު ޕްރީސްކޫލު ދަރިވަރުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވައިފި

މަސްޖިދުއް ނަބަވީގެ އިމާމް މިއަދު މާލޭގެ ބައެއް ޕްރީސްކޫލު ދަރިވަރުންނާ ބައްދަލުކުރެއްވުން... ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މަސްޖިދުއް ނަބަވީގެ އިމާމް މިއަދު މާލޭގެ ބައެއް ޕްރީސްކޫލު ދަރިވަރުންނާ ބައްދަލުކުރައްވައި އުފާވެރިވަގުތުކޮޅެއް ހޭދަކުރައްވައިފިއެވެ. 

މި ބައްދަލުވުމުގައި ބައެއް ދަރިވަރުން އެކުދިންގެ ކިބައިގައި ހުރި ޤުރުއާން ކިޔެވުމުގެ ހުނަރު ދައްކާލާފައި ވެއެވެ. އަދި ފަޟީލަތުއްޝެއިޚް އިމާމް ބުދައިރާއި ބައްދަލުވި ވަގުތުކޮޅަކީ މި ކުދިންނަށް ވަރަށް އުފާވެރި ވަގުތުކޮޅެއް ކަމުގައި ވެގެންދިޔައެވެ. 

ދަރިވަރުންނާއި މުޚާތަބުކޮށް ވާހަކަފުޅު ދައްކަވަމުން އިމާމް ބުދައިރު ވަނީ ދަރިވަރުންނާއި ބައްދަލުވީތީ އުފާވެރިކަން ފާޅުކުރައްވާފައެވެ. އަދި ދަރިވަރުންނަށް ފާގަތި މުސްތަޤުބަލަކަށް އެދޭކަމަށް ވެސް ވިދާޅުވިއެވެ. 

Advertisement

މަސްޖިދުއް ނަބަވީގެ އިމާމް މިއަދު މާލޭގެ ބައެއް ޕްރީސްކޫލު ދަރިވަރުންނާ ބައްދަލުކުރެއްވުން... ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މަސްޖިދުއް ނަބަވީގެ އިމާމް މިއަދު މާލޭގެ ބައެއް ޕްރީސްކޫލު ދަރިވަރުންނާ ބައްދަލުކުރެއްވުން... ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިމާމް ބުދައިރުގެ މި ދަތުރުފުޅުގައި މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުން ބާއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޑރ. ޞަލާހުލް ބުދައިރު ރާއްޖެއަށް މި ކުރެއްވި ދަތުރުފުޅަކީ، ދިވެހި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ވަރުގަދަ ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދާއެކު ފޮނުވި ދައުވަތުގައި ކުރެއްވި ދަތުރުފުޅެކެވެ.

ޑރ. ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ދިވެހިންނަށް ދެއްވާ ބޮޑު ދަރުސް، ބްރާސްފަތިދުވަހުގެ ރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ. މި ދަރުހުގެ އިތުރުން ޖެހިގެން އަންނަ ހުކުރުދުވަހު އިސްލާމީ މަރުކަޒުގައި ހުތުބާ ދެއްވައި، އިމާމްވެ ހުކުރު ނަމާދުވެސް ކުރައްވާނީ ޑރ. ޞަލާޙުލް ބުދައިރުއެވެ. މީގެ އިތުރުން ސަލްމާނު މިސްކިތުގައި އަންނަ ބުދަދުވަހުގެ މަޤްރިބް ނަމާދާއި އިޝާނަމާދު އިމާމްވެ ކުރައްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement