Advertisement

ނައިފަރު ކައިރީ މަހަށް ގޮސް އުޅުނު މީހެއްގެ ފަޔަށް ތޮޅިއެެއްގެ ތުން ހެރިއްޖެ

ފަތުރުވެރިޔާގެ ފަޔަށް ތޮޅީގެ ތުން ހެރިފައި: ފޮޓޯ/ އެކްސިޑެންޓްސް އިން މޯލްޑިވްސް

ނައިފަރު ކައިރީ މަސް ބާނަން އުޅުނު މީހެއްގެ ފަޔަށް ތޮޅިއެެއްގެ ތުން ހެރިއްޖެއެވެ. 

މައުލޫމާތު ލިބޭ ގޮތުގައި ތުން ހެރިފައިވަނީ ފަތުރުވެރިއެއްގެ ފަޔަށެވެ.

އެ ފަތުރުވެރިޔާ ކުޑަކަޅުވާ މަސްގަނޑަށް ހެރިފައިވަނީ ކަށިނޫތޮޅި އެއްގެ ތުނބެވެ. 

Advertisement

ޅ އަތޮޅު ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ”ވޮއިސް“ އަށް މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. 

އަދި ހާދިސާގައި އަނިޔާވެފައިވަނީ ފިރިހެނަކަށް ކަމަށާ، އޭނާއަށް ހޮސްލިޓަލުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު މާލެއަށް ފޮނުވާލާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement