ޓޫރިޒަމް

ފަތުރުވެރިންގެ އަދަދު: ޗައިނާ 8.8 ޕަސެންޓް އިތުރު، އިންޑިއާ 22.2 ޕަސެންޓް ދަށަށް

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު 8.8 ޕަސެންޓް އިތުރުވިއިރު އިންޑިއާ ފަތުރުވެރިންގެ އަދަދު 22.2 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 59،938 ފަތުރުވެރިން އަދި އިންޑިއާއިން 21،335 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ޒިޔާރަތްކުރީ 55،087 ފަތުރުވެރިންނެވެ. އަދި އިންޑިއާއިން މި މުއްދަތުގައި 27،449 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގެ ތަފާސްހިސާބު 2025 އަދި 2024 (މާޗް 3)

  • ޗައިނާ: 2025 - 59،938 ފަތުުރުވެރިން | 2024 - 55،087 ފަތުރުވެރިން | 8.8 ޕަސެންޓް އިތުރު
  • ރަޝިއާ: 2025 - 45،073 ފަތުުރުވެރިން | 2024 - 42،358 ފަތުރުވެރިން | 6.4 ޕަސެންޓް އިތުރު
  • އިނގިރޭސިވިލާތް: 2025 - 44،628 ފަތުުރުވެރިން | 2024 - 38،510 ފަތުރުވެރިން | 15.8 ޕަސެންޓް އިތުރު
  • އިޓަލީ: 2025 - 42،349 ފަތުުރުވެރިން | 2024 - 41،162 ފަތުރުވެރިން | 2.8 ޕަސެންޓް އިތުރު
  • ޖަރުމަނު: 2025 - 28،421 ފަތުުރުވެރިން | 2024 - 27،563 ފަތުރުވެރިން \ 3.1 ޕަސެންޓް އިތުރު
  • އިންޑިއާ: 2025 - 21،335 ފަތުުރުވެރިން | 2024 - 27،449 ފަތުރުވެރިން | 22.2 ޕަސެންޓް ދަށަށް
  • ފްރާންސް: 2025 - 18،755 ފަތުުރުވެރިން | 2024 - 17،589 ފަތުރުވެރިން (6.6 ޕަސެންޓް އިތުރު
  • އެމެރިކާ: 2025 - 13،703 ފަތުުރުވެރިން | 2024 - 13،777 ފަތުރުވެރިން | 0.5 ޕަސެންޓް ދަށަށް
  • ޕޮލެންޑް: 2025 - 10،331 ފަތުުރުވެރިން | 2024 - 10،756 ފަތުރުވެރިން | 3.9 ޕަސެންޓް ދަށަށް
  • ސްވިޓްޒަލޭންޑް: 2025 - 9،748 ފަތުުރުވެރިން | 2024 - 9،687 ފަތުރުވެރިން (0.6 ޕަސެންޓް އިތުރު

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 175 ރިސޯޓާއި 795 ގެސްޓްހައުސްގެ އިތުރުން 155 ސަފާރީ އަދި 15 ހޮޓާ ދަނީ ހިންގަމުންނެވެ.