މަޝްހޫރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާ ބުރުގާ އަޅައިފި އެވެ.
ރާފިޔަތު ރަމީޒާގެ މި ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށް އެނގިފައިވެ އެވެ.
ރާފިޔަތު މީގެކުރިން ވަނީ ދީނީ މައުލޫމާތު އިތުރަށް ހޯދުމަށް ޝައުޤުވެރިކަން ފާޅުކޮށްފަ އެވެ.
ރާފިޔަތު ރަމީޒާގެ މި ނިންމުމާ ގުޅިގެން ގިނަ ފަންނާނުންނާއި އާންމު ރައްޔިތުން ވަނީ އޭނާއަށް މަރުހަބާ ކަޔާފަ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިފަދަ މަޝްހޫރު ފަންނާނެއްގެ މި ނިންމުމަކީ މުޖުތަމައަށް ރަނގަޅު ނަމޫނާ އެކެވެ.
ރާފިޔަތު ރަމީޒާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ހިތުގެ ރާގު" އާއި "ލޯބީގެ ނަޝީދު" ފަދަ ލަވަތައް ހިމެނެ އެވެ. އޭނާ ލަވަކިޔުން ހުއްޓާލާނެކަން އަދި ނޫންކަމެއް އަދި ސާފެއް ނޫނެވެ.
ރާފިޔަތުގެ ބޭބެ އަލީ ރަމީޒު އަދި އިބްރާހިމް ރަމީޒަކީވެސް ކުރިން މަޝްހޫރު ދެ ލަވަކިޔުންތެރިންނެވެ. ނަމަވެސް އެ ދެ މީހުން ލަވަކިޔުން ހުއްޓާލިތާ މިހާރު ވަނީ އެތައް އަހަރެއް ވެފަ އެވެ.