ޓޫރިޒަމް

ޗައިނާ ފަތުރުވެރިން 9 ޕަސެންޓް އިތުރު، އިންޑިއާ 7 ޕަސެންޓް ދަށަށް

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު 9.4 ޕަސެންޓް އިތުރުވިއިރު އިންޑިއާ ފަތުރުވެރިންގެ އަދަދު 7 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 675،734 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރޭގައި ޗައިނާގެ 77،052 ފަތުރުވެރިން ހިމެނެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ގަދަ 10 ގައުމުގެ ތެރޭގައި ހިމެނޭ ޗައިނާ، އިނގިރޭސިވިލާތް، ރަޝިއާ، އިޓަލީ، ފްރާންސް، އަދި ޕޮލެންޑްގެ ފަތުރުވެރިން އަދަދު އިތުރުވި ނަމަވެސް ޖަރުމަނު، އިންޑިއާ، އެމެރިކާ އަދި ސްވިޓްޒަލޭންޑުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގެ ތަފާސްހިސާބު 2025 އަދި 2024 (އެޕްރީލް 6)

  • ޗައިނާ: 2025 - 77،052 ފަތުުރުވެރިން | 2024 - 70،394 ފަތުރުވެރިން - 9.4 ޕަސެންޓް އިތުރު
  • އިނގިރޭސިވިލާތް: 2025 - 72،046 ފަތުުރުވެރިން | 2024 - 64،037 ފަތުރުވެރިން - 12.5 ޕަސެންޓް އިތުރު
  • ރަޝިއާ: 2025 - 71،479 ފަތުުރުވެރިން | 2024 - 64،896 ފަތުރުވެރިން - 10.1 ޕަސެންޓް އިތުރު
  • އިޓަލީ: 2025 - 60،712 ފަތުުރުވެރިން | 2024 - 59,763 ފަތުރުވެރިން - 1.5 ޕަސެންޓް އިތުރު
  • ޖަރުމަނު: 2025 - 48،463 ފަތުުރުވެރިން | 2024 - 50،010 ފަތުރުވެރިން - 3 ޕަސެންޓް ދަށަށް
  • އިންޑިއާ: 2025 - 33،729 ފަތުުރުވެރިން | 2024 - 36،306 ފަތުރުވެރިން - 7 ޕަސެންޓް ދަށަށް
  • ފްރާންސް: 2025 - 27،026 ފަތުުރުވެރިން | 2024 - 24،182 ފަތުރުވެރިން - 11.7 ޕަސެންޓް އިތުރު
  • އެމެރިކާ: 2025 - 21،828 ފަތުުރުވެރިން | 2024 - 21،982 ފަތުރުވެރިން - 0.7 ޕަސެންޓް ދަށަށް
  • ސްވިޓްޒަލޭންޑް: 2025 - 14،763 ފަތުުރުވެރިން | 2024 - 15،392 ފަތުރުވެރިން - 4 ޕަސެންޓް ދަށަށް
  • ޕޮލެންޑް: 2025 - 13،689 ފަތުުރުވެރިން | 2024 - 14،267 ފަތުރުވެރިން - 4 ޕަސެންޓް އިތުރު

ރާއްޖޭގައި ފަތުރުވެރިކަމަށް މި ވަގުތު 180 ރިސޯޓާއި 842 ގެސްޓްހައުސް ދަނީ ހިންގަމުންނެވެ. މީގެ އިތުރުން 1567 ސަފާރީ އުޅަނދާއި 15 ހޮޓާ، ޓޫރިސްޓް އެކޮމޮޑޭޝަންގެ ގޮތުގައި ދަނީ ހިންގަމުންނެވެ.

މި ތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 63،817 އެވެ.