ހަފުތާ ބަންދާ ދިމާކޮށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ފޯރިގަދަ ހަރަކާތްތަކެއް އިންތިޒާމުކޮށްފި އެވެ.
އެގޮތުން ސާއީ ލަގޫން މޯލްޑިވްސް، ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަންގައި، ކުޑަކުދިންނަށް ހާއްސަކޮށްގެން ކޮއިމަލާ އަދި މައާލިމީގެ ޖޫނިއަ ބީޗް ކްލަބް އެންޑް ކޭމްޕްގައި ދުވާލަކު އެއްފަހަރު ހާއްސަ ހަރަކާތްތައް ކުރިއަށްދާނެ އެވެ. ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް ޕެޑަލް ބޯޓު ދަތުރުތަކާއި ތަފާތު މުބާރާތްތަކުގައި ބައިވެރިވެވޭނެ އެވެ.
މީގެ އިތުރުން ބަނީ މާސްކް އަދި ބިސްގަނޑު ކުލަކުރުމާއި، ރަންބިސް ހޯދުމުގެ ހަރަކާތްތަކާއި، ޖެލާޓޯ ރަހަބެލުމާއި، އަދި ޕޫލްސައިޑްގައި ދުވާލުގެ ހަރަކާތްތައްވެސް ކުރިއަށްދާނެ އެވެ.
ތިމާވެށި ރައްކާތެރި ކުރުމާބެހޭ މައުލޫމާތު ދިނުމަށް މުރަޖާން އިންދުމުގެ ހަރަކާތަކައި އަޕްސައިކަލްޑް އާޓް ވޯކްޝޮޕްތައްވެރސް ރާވާފައިވެ އެވެ. އިރުއޮއްސޭ ވަގުތުން ފެށިގެން ޑީޖޭ ސެޓް، ކުޑަކުދިންގެ މިނީ ޑިސްކޯ އަދި ތީމް ކުރެވިފައިވާ ސިނަމާ ރޭތައްވެސް ހިމެނެ އެވެ.
ހާޑް ރޮކް ހޮޓެލް މޯލްޑިވްސްގައި ހުކުރު ދުވަހު ޕޫލްގައި ބަނީ ބީޓްސްއާ އެކު ޑީޖޭ އަދި ފެނުގެ ކުޅިވަރުތައް ކުރިއަށް ގެންދިޔަ އެވެ. މެންދުރުފަހު ސެޝަންސްގައި އީސްޓަ ކުކީ ޖޭމް ބާއްވާ، މީރު ކުކީޒް ޑެކަރޭޓް ކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެ އެވެ. އިރުއޮއްސޭ ވަގުތު އޮކްޓަގަން ގާޑަންގައި ހިމޭން މިއުޒިކްގެ ރާގުތަކާއެކު އާންބިއެންޓް ޓޯންސް ބާއްވާނެ އެވެ.

ހޮނިހިރު ދުވަހު ރޮކްސިޓީ ފަން ފެއަ އަދި ޓައި ޑައި ޕާޓީއާއެކު ކުލަގަދަ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އެވެ. ރޭގަނޑު އީސްޓަ ފީސްޓް އަދި ލައިވް ޝޯއާއެކު ކާނާގެ ރަހަ ބަލައި މިއުޒިކް ޝޯގައި ބައިވެރިވެވޭނެ އެވެ. އާދިއްތަ ދުވަހު -- އީސްޓަ ސަންޑޭ ދަ އެލިފަންޓް އެންޑް ދަ ބަޓަފްލައިގައި ބްރަންޗް ކުރިއަށްދާނެ އެވެ.
މީގެ އިތުރުން ސަޕްރައިޒް ބަނީ ޒިޔާރަތްކުރާނެ އެވެ. ކުޑަކުދިންނަށް ރޮކްސިޓީ އެގް ހަންޓާއި، ރޮކްސިޓީ އީސްޓަ ޕާޓީ ބާއްވާނެ އެވެ. ރޭގަނޑު ހެރާގެ އެކޫސްޓިކް ވައިބްސް ބޭއްވި ތަރިތަކުގެ ދަށުން ލިމްބޯ ޝޯޑައުން ބާއްވައި އީސްޓަ ނިންމާލާނެ އެވެ.
ހާޑް ރޮކް - ރޮކް ޝޮޕްގައި "ބީ ބޯލްޑް ބީ ހެޕީ" ޕްރޮމޯޝަންގެ ދަށުން ވަކި އަދަދަކަށްވުރެ ގިނައިން ހަރަދުކުރާ ފަރާތްތަކަށް ހިލޭ ހަދިޔާއެއް ލިބޭނެ އެވެ. މި ހާއްސަ ޕްރޮމޯޝަން ހާޑް ރޮކް ކެފޭ އަދި ހާޑް ރޮކް ހޮޓެލް މޯލްޑިވްސްގައި ކުރިއަށްދާނެ އެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްއަކީ އިންޓަގްރޭޓެޑް ލެޝަ ޑެސްޓިނޭޝަނެއްގެ ގޮތުގައި ތިން ރިޒޯޓް -- ސާއީ ލަގޫން މޯލްޑިވްސް، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް، އެސް.އޯ/ މޯލްޑިވްސް) ހިމެނޭ އަދި ހާޑް ރޮކް ކެފޭ، ގިނަ ރެސްޓޯރަންޓްތަކާއި ޝޮޕިން ވަސީލަތްތައް ލިބެން ހުންނަ ތަނެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެންމެ 15 މިނެޓްގެ ދަތުރެއްގައި ވާސިލްވެވޭ މި ތަނަކީ "އެއް ރަށް، އެއް ރިޒޯޓް" ތަޖުރިބާއިން އެއްކިބާވެ މުޅިން ތަފާތު ސްޓައިލެއް ތަޖުރިބާކޮށްލުމަށް ލިބޭ ފުރުސަތެކެވެ.