ރައީސް އޮފީސް

ސީއެސްސީގެ މެންބަރު ކަމަށް މުޖްތާޒް އައްޔަންކުރައްވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމަށް މއ. ސިގްމާ މުހައްމަދު މުޖްތާޒް އައްޔަންކުރައްވައިފި އެވެ.

ސީއެސްސީގެ މެންބަރު ކަމަށް މުޖްތާޒް އައްޔަންކުރައްވާފައިވަނީ މިކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ސީއެސްސީގެ މެންބަރު ކަމަށް އައްޔަންކުރެއްވުމުގެ ކުރިން މުޖްތާޒް، ކޮމިޝަންގެ މެންބަރުކަމުގެ ހުވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ ކުރިފުޅުމަތީގައި ކުރެއްވި އެވެ.

މުޖްތާޒް ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާސް އޮފް ލޯ ހާސިލުކުރައްވާފަ އެވެ.

އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް ފޮ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަގާމުތައް ފުރުއްވާފަ އެވެ.

ސީއެސްސީގެ މެންބަރު ކަމަށް މުޖުތާޒް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.