Advertisement

ދެ ޒުވާނުންގެ ކުއްލި ވަކިވުމާއެކު ދެ ކުންފުންޏަށް ވެސް ބޮޑު ހިތާމައެއް

ރޭ ނިޔާވި ދެ ޒުވާނުން

އެމްޓީސީސީގެ ބަސް ޑްރައިވަރު އިބްރާހިމް ސިޔާދު އާއި ގދ. ފިޔޯރީ ފެނަކަ ބްރާންޗްގެ ސްޕަވައިޒާ މުހައްނަދު ނަޒްމީ މުހައްމަދު ވަނީ ކުއްލި ގޮތަކަށް ނިޔާވެފަ އެވެ.

ސިޔާދު ނިޔާވީ އެކްސިޑެންޓެއްގަ އެވެ. ނަޒްމީ ނިޔާވީ ކުއްލި ގޮތަކަށް ސިއްހީ މައްސަލައެއް ދިމާވެގެންނެވެ. އެ ދެ ޒުވާނުން ނިޔާވުމާއި ގުޅިގެން އެމްޓީސީސީ އާއި ފެނަކަ އިން ވަނީ އާއިލާއަށް ތައުޒިޔާ ކިޔާފަ އެވެ. އަދި ގެއްލިގެން ދިޔައީ ކުންފުންޏަށް މުހިންމު ދެ މުވައްޒިފުންކަން ފާހަގަކޮށްފައިވެ އެވެ.

އެ ދެ މުވައްޒިފުންގެ ކުއްލި ވަކިވުމަކީ ދެ ކުންފުނީގެ މުވައްޒިފުންނަށް ލިބުނު ބޮޑު ހިތާމައެއް ކަމަށް ވެސް ބުނެފައިވެ އެވެ.

Advertisement

އިބްރާހިމް ސިޔާދު

އިބްރާހިމް ސިޔާދު, އެމްޓީސީސީގެ ހިދުމަތާއި ގުޅުނީ ޖުލައި 19, 2018 ގަ އެވެ. އެ ކުންފުނީގައި ވަޒީފާ އަދާކުރާތާ އަށް އަހަރު ވަނީ އެވެ.

އޭނާ ނިޔާވީ ރޭ އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގަ އެވެ. އެކްސިޑެންޓްވީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ސައިކަލު ދުއްވަން އިނީ ސިޔާދު އެވެ. އެކްސިޑެންޓަށް ފަހު ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސްއަށް އެރުވިއިރުވެސް ސިޔާދުގެ އެއްވެސް ހަރަކާތެއް ނެތެވެ.

ސިޔާދު ހޮސްޕިޓަލަށް ގެންދަނީ

ފުލުހުން ބުނި ގޮތުގައި ސިޔާދު, ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ބުނެ އެވެ. 

އެކްސިޑެންވީއިރު ވެސް ސިޔާދު ހުރީ އެމްޓީސީސީގެ ޓީޝާޓްގަ އެވެ.

މުހައްނަދު ނަޒްމީ މުހައްމަދު

މުހައްނަދު ނަޒްމީ މުހައްމަދަކީ ގދ. ފިޔޯރީ ފެނަކަ ބްރާންޗްގެ ސްޕަވައިޒަރެވެ. ނިޔާވުމާއި ހަމައަށް އެއީ ސިއްހީ މާބޮޑު މައްސަލައެއް ނެތް ރަނގަޅު ސިއްހަތެއްގައި ހުރި ޒުވާނެކެވެ.

ފިޔޯރީ ފެނަކަ ބްރާންޗްގެ އެންމެ މުހިންމު މުވައްޒިފެވެ. އޭނާ ފެނަކަ ހިދުމަތާއި ގުޅުނީ މީގެ ދެ އަހަރާއި ދެ މަހާއި އެއް ދުވަސް ކުރީންނެވެ.

ނަޒްމީ ނިޔާވީ ކުއްލިގޮތަކަށް ރޭ މެންދަމު އެކެއް ޖަހާ އެހާކަންހާއިރު އެވެ. ބެލެެވެނީ ހާޓް އެޓޭކެއް ޖެހުނީ ކަމަށެވެ.

މި ދެ ޒުވާނުން ނިޔާވުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ތައުޒިޔާ ކިިޔަމުންނެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement