ކްރޮސް ރޯޑް މޯލްޑިވްސް

ކްރޮސްރޯޑްސްގެ އައުޓްލެޓްތައް ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި

ކްރޮސްރޯޑްސް މޯލްޑިވްސް މެރީނާގެ އައުޓްލެޓްތައް ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި އައުޓްލެޓްތައް ލީޒް ކުރަނީ ކްރޮސްރޯޑްސްގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޕާޓްނާ ސާވިސް މެނޭޖްމަންޓް ސެގްމަންޓްގެ ދަށުންނެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގެ އެސިސްޓެންޓް ޕާޓްނާ ސާވިސަސް މެނޭޖާ، އަހުމަދު ބައްސާމް މުހައްމަދު، "އަވަސް" އަށް ވިދާޅުވި ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސް މެރީނާގައި ތިން ކެޓަގަރީއެއްގެ އައުޓްލެޓް ކުއްޔަށް ދޫކުރަން މިހާރު ވަނީ ހުޅުވާލާފަ އެވެ.

މީގެ ތެރޭގައި ކުދި ވިޔަފާރިތަކަށްވެސް ކުޑަ ކުއްޔެއްގައި ހިފޭނެ ކިއޮސްކް ހިމެނެ އެވެ.

ކްރޮސްރޯޑްސް އިން ލީޒްކުރާ އައުޓްލެޓްތައް

  • ޕްރިމިއަމް އައުޓްލެޓް
  • މިޑްސްކޭލް އައުޓްލެޓް
  • ކުދި ވިޔަފާރިތަކަށް ހާއްސަ ކިއޮސްކް

ޕްރިމިއަމް އައުޓްލެޓް

ޕްރިމިއަމް އައުޓްލެޓްއަކީ ކްރޮސްރޯޑްސްގެ އެންމެ ޕްރައިމް ލޮކޭޝަންގައި ހުންނަ އައުޓްލެޓެކެވެ. މިއީ ކްރޮސްރޯޑްސްގައި ލީޒްކުރާ އެންމެ ބޮޑެތި އައުޓްލެޓްތަކެވެ.

ބައްސާމް ވިދާޅުވި ގޮތުގައި ޖުމްލަ 1،570 އަކަފޫޓުގެ މި ބިލްޑިންގްއަކީ ކަރަންޓު ވަޔަރިން ނިމި އޭސީކޮށްފައިވާ ތަނެކެވެ.

އެހެންކަމުން މި ތަން ކުއްޔަށް ނަގާ ބަޔަކަށް ވަގުތުން މިތަނަށް ބަދަލުވެ ވިޔަފާރި ފަށަން ފަސޭހަ ވާނެ އެވެ.

ޕްރިމިއަމް އައުޓްލެޓްގައި ބޮޑު ޓެރެހެއް ހުންނައިރު މި ޓެރެހުން ކްރޮސްރޯޑްސްގެ ހިތްގައިމު މެރީނާ ވިއު ފެންނާނެކަން ބައްސާމް ފާހަގަކުރެއްވި އެވެ.

ސްޓްރީޓް ސައިޑް ކިއޮސްކް

ކުދި ވިޔަފާރިތަކަށް ހާއްސަ ނުވަ އަކަފޫޓުގެ މި ކިއޮސްކްއަކީ ކަރަންޓު ވަޔަރިން އަދި ފެނާއި ޑްރެއިން ގާއިމުކޮށްފައިވާ ކިއޮސްކްއެކެވެ.

ބައްސާމް ވިދާޅުވި ގޮތުގައި މި ކިއޮސްކް ދޫކުރަނީ އެއް އަހަރަށް ނުވަތަ ދެ އަހަރުގެ މުއްދަތެއްގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މި ކިއޮސްކް ދޫކުރަނީ 30 ދުވަހުގެ ގްރޭސް ޕީރިއަޑްއަކާއެކު އެވެ. މިއީ ކިއޮސްކްގައި ސެޓަޕް ހަދައި ފަށައިގަތުމަށް ތައްޔާރުވުމަށް ދޭ މުއްދަތެއް ކަމަށްވާއިރު މި މުއްދަތުގައި ކުލި ދައްކަން ނުޖެހޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އައުޓްލެޓްގައި ވިޔަފާރީގެ ސެޓަޕް ހެދުމަށް އިތުރު މުއްދަތު ބޭނުންވާނަމަ ކްރޮސްރޯޑްސްއާ ވާހަކަ ދައްކައިގެން ގްރޭސް ޕީރިއަޑް އިތުރުކުރެވޭނެ ކަމަށްވެސް ބައްސާމް ވިދާޅުވި އެވެ.

މިޑް ސްކޭލް ޔުނިޓް

ޕްރިމިއަމް އައުޓްލެޓްތަކަށްވުރެ ކުޑަ، މިޑް ސްކޭލް ޔުނިޓްތަކަކީވެސް ކަރަންޓު ވަޔަރިން ނިމިފައިވާ ޔުނިޓްތަކެކެވެ.

ސްޓޯރޭޖް އޭރިއާއެއް ހިމެނޭ މި ޔުނިޓްތަކަކީ 810 އަކަފޫޓުގެ ޔުނިޓެކެވެ. ޔުނިޓް ހަވާލުކުރާ ތާރީހުން ފެށިގެން ދެ މަސް ދުވަހުގެ ގްރޭސް ޕީރިއަޑްއަކާއެކު ދޫކުރާ މި ޔުނިޓްތަކަށްވެސް ގްރޭސް ޕީރިއަޑްގައި ކުލި ދައްކަން ނުޖެހޭނެ ކަމަސް ބައްސާމް ވިދާޅުވި އެވެ.

ކްރޮސްރޯޑްސް މެރީނާއަކީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޒިޔާރަތްކުރާ ތަނެކެވެ. މީގެ ތެރޭގައި ހާޑްރޮކް ހޮޓެލް މޯލްޑިވްސް އަދި ސައި ލެގޫން މޯލްޑިވްސްގެ ފަތުރުވެރިންވެސް ހިމެނެ އެވެ.

ބައްސާމް ވިދާޅުވި ގޮތުގައި ކްރޮސްރޯޑްސްގެ މި ވަގުތުގެ އަމާޒަކީ ކްރޮސްރޯޑްސްއަށް ޒިޔާރަތްކުރާ މީހުންނަށް އެންޓަޓެއިންމަންޓް ފެސިލިޓީއަކާއި އެފްއެންޑްބީގެ ދަށުން އިޓާލިއަން ރެސްޓޯރަންޓެއް ނުވަތަ އަންހެނުންގެ ހާއްސަ ކްލޯތިން އައުޓްލެޓް ގެނައުމެވެ.

އެހެންކަމުން މިއީ ވިޔަފާރިތަކަށް އޮތް ރަނުގެ ފުރުސަތެކެވެ.

މި އައުޓްލެޓްތަކުގެ އިތުރު މައުލޫމާތު 7307031 އަށް ގުޅުމުން ނުވަތަ [email protected] އަށް މެއިލް ކުރުމުން ލިބޭނެ އެވެ.